ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޗުއްޓީއަށް މެދުކަނޑައިލުމަށްފަހު އެފްޑީސީ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

29 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ގެދޮރުވެރިޔާ ފުލެޓުތައް ހުންނަ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތައް

މިނިވަަންދުވަހުގެ މުނާސަބަތާ ގުޅިގެން އައި ސަރުކާރު ބަންދާ ވިދިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތައް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށްފަހު އަލުން ސޮއިކުރަން ފަށައިފިއެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ހައުސިން ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރަން ފެށީ ޖުލައި، 21، 2025 ވަނަ ދުވަހުއެވެ. މިނިވަންދުވަހާ ގުޅިގެން އައި ބަންދަށް މެދުކަނޑައިލުމަށްފަހު މިއަދު ކުރިއެކޭ އެއްގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެފްޑީސީން ބުނެފައިވެއެވެ. 

އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލޭ ފުރަތަަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކުގައި އެކަމަށް ހާއްސަކޮށް ގާއިމުކޮށްފައިވާ ތަނުގައެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެއެވެ. 

އެފްޑީސީން ބުނި ގޮތުގައި ސޮއިކުރަމުންދަނީ، ހައުސިން މިނިސްޓްރީން މައުލޫމާތު ކަށަވަރުކުރުމަށްފަހު އެ ކުންފުންޏާ މައުލޫމާތު ހިއްސާކުރާ ތަރުތީބުންނެވެ. ހައުސިން މިނިސްޓްރީން މީހުންގެ ނަންތައް އެފްޑީސީއާ ހިއްސާކުރުމުން އެ ކުންފުނީގެ ފަހި ޕޯޓަލްއަށް ވަނުމަށް އަންގައި އެސްއެމްސްއެއް ފޮނުވައެވެ. 

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޕޯޓަަލް މެދުވެރިކޮށް ކުއްޔަށް ހިފާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއަކާއި ކޯ-އެޕްލިކެންޓުގެ އައިޑީ ކާޑުގެ ކޮފީ ފޮނުވަންޖެހެއެވެ. އަދި ސޮއިކުރަން އަންނައިރު ސޮއިކުރާ ފަރާތުގެ އައިޑީކާޑާއި ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ދެ ކޮޕީއާއި ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލާއި އެހެނިހެން ލިޔެކިޔުން ގެންދަންޖެހެއެވެ. 

މި ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ އެއްބަސްވުމަކީ ކުލީގެ ގޮތުގައި ބަހާލައިގެން ފުލެޓުގެ އަގު ދައްކައި ހަަލާސްކުރުމުން ތަން މިލްކުވާ ގޮތަށް ހަދާ އެއްބަސްވުމެކެވެ. ކުރީގެ ހައުސިން ސްކީމުތަކާ ހިލާފަށް ކުލި ނުދައްކާނަމަ ކުލި ކުޑަކުރުމަށް ސަރުކާރުން ދޭ ސަބްސިޑީން އުނިކުރުމަށް އެއްބަސްވުމުގައި ހިމަނާފަައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު