ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޓްރާންސްޕޯޓު މިނިސްޓްރީގެ ސާވާއަށް މައްސަލަައެއް ދިމާވެ ހިދުމަތް މެދުކެނޑިއްޖެ

29 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ޓްރާންސްޕޯޓު މިނިސްޓްރީގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: މިނިސްޓްރީ

ޓްރާސްޕޯޓު މިނިސްޓްރީގެ ސާވާއަށް ކުރިމަތިިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. 

މިއަދު އެކްސްގައި މިނިސްޓްރީން ޝާއިއުކުރި ޕޯސްޓެއްގަައި ބުނެފައިވަނީ މިނިސްޓްރީގެ ސަވާއަށް ދިމާވި ޓެކްނިކަލް މައްސަލަައެއްގެ ސަަބަބުން އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހިފައިވާ ކަމަށެވެ. ދިމާވީ ކޮން މައްސަލައެއްކަން މިނިސްޓްރީން ހާމަނުކުރެއެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. 

ދިމާވި މައްސަލައިގެ ސަބަބުން އެ މިނިސްޓްރީން ހިދުމަތް ހޯދާ މީހުންނަށް ދަތިތަކާ ކުރިމަތިވާނެތީ މިނިސްޓްރީން މައާފަށް އެދިފައިވެއެވެ. އަދި އެންމެން ދޭ އެއްބާރުލުމާއި މި ދަތިތަކަށް ކެތްތެރިވާތީ މިނިސްޓްރީން ޝުކުރު އަދާކުރިއެވެ. 

މިފަދަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވުމާއެކު އަބަދުވެސް ސަރުކާރުގެ އިދާރާތަކުން އެ މަައްސަލަ ހައްލުކުރުމަށް ފިޔަވަަޅުތައް އަޅައި ވީހާވެސް އަވަހަށް ހިދުމަތް އަނބުރާ ފޯރުކޮށްދޭން ފަށައެވެ. 

ކިޔުންތެރިންގެ ހިޔާލު