ENGLISH
10 ސެޕްޓެމްބަރު 2025
ތާރީޚީ ކަމެއް؛ މޯލްޑިވިއަންގެ ބޯޓްތަކުގައި ތާނައިން "ދިވެހިރާއްޖެ" ޖަހައިފި
28 ޖުލައި 2025
|
ތާރީޚީ ކަމެއް؛ މޯލްޑިވިއަންގެ ބޯޓްތަކުގައި ތާނައިން "ދިވެހިރާއްޖެ" ޖެހުން --
ޤައުމީ އެއާލައިން -- މޯލްޑިވިއަންގެ ބޯޓްތަކުގައި ތާނައިން "ދިވެހިރާއްޖެ" ޖަހައިފި އެވެ.
މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ ހުރިހާ ބޯޓްތަކެއްގައި ތާނައިން "ދިވެހިރާއްޖެ" ޖަހާފައިވާ ކަމަށެވެ. އެ ގޮތުން އެ އެއާލައިންގެ ހުރިހާ ބޯޓްތަކާއި ސީޕްލޭންތަކުގައި ވަނީ "ދިވެހިރާއްޖެ" ޖަހާފަ އެވެ. ވީއައިއޭގެ އާ ޓާމިނަލް އިން ޚިދުމަތް ދިން މޯލްޑިވިއަންގެ ފުރަތަމަ ބޯޓްގައި ވެސް ވަނީ ތާނައިން "ދިވެހިރާއްޖެ" ޖަހާފަ އެވެ.
"ދިވެހިރާއްޖެ" ޖަހާފައި ވަނީ ބޯޓްގެ ބޭރުގައި ޖަހާފަައިވާ ޤައުމީ ދިދައިގެ ތިރީގަ އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މި ނިންމުމަކީ ޤައުމިއްޔަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޤައުމިއްޔަތަށް އިސްކަން ދިނުން ކަމުގައިވާތީ އެ ސިޔާސަތަށް ތާޢީދު ކުރަނީ މޯލްޑިވިއަންގެ ސިޔާސަތު ކަމަށެވެ.
އެ ނިންމުމާއި ގުޅިގެން ވަޒީރު އާދަމް ނަސީރު އިބްރާހިމް ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މޯލްޑިވިއަންގައި "ދިވެހިރާއްޖޭ" ގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެކެވެ.