ENGLISH
10 ސެޕްޓެމްބަރު 2025
މާވަށުގައި ޒުވާނަކު މަރާލުން: ހަމަލާދިން ކަމަށް ބެލެވޭ ވަޅި މޫދުން ހޯދައިފި
28 ޖުލައި 2025
|
ލ. މާވަށް --
ލ. މާވަށުގައި ވަޅިން ހަމަލާދީ މިއަދު މަރާލި ޒުވާނާއަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން ހޯދައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ އެ ހާދިސާގައި މަރުވި ޒުވާނާއަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމަށް މޫދުން ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ބުންޏެވެ.
މިއަދުގެ ހެނދުނު ހިނގި ހާދިސާގައި މަރުވީ މާވަށު, ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. އޭނާއަށް ހަމަލާ ދިނުމުގެ ތުހުމަތު އޮތީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.