ENGLISH
10 ސެޕްޓެމްބަރު 2025
ދެ ދާއިރާއަކުން ގުޅިގެން މަސައްކަތްކުރަން ރާއްޖެ އާއި ލަންކާ އެއްބަސްވުމަކަށް
28 ޖުލައި 2025
|
ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްރީ ލަންކާގެ ރައީސަށް މިއަދު ޖުމްހޫރީ މައިދާން ސަރަޙައްދުން ވަނީ ރަސްމީކޮށް މަރުޙަބާ ދަންނަވައިފައެވެ. އެއަށްފަހު އެމަނިކުފާނުވަނީ ރަސްމީ އިއްޒަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ.
ސްރީ ލަންކާގެ ރައީސްއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވާފައިވެއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އެންމެ ފުރަތަމަ ބަދަލުކުރީ ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެވެ. އެ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ޤާނޫނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭ އާއި ސްރީ ލަންކާއާ އެކު އެމްއޯޔޫ ބަދަލުކުރީ ޑިޕްލޮމެޓިކް ތަމްރީނުތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ގުޅޭގޮތުންނެވެ. އެގޮތުން އެމްއޯޔޫގައި ވަނީ ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް އާއި ބަންޑާރަނަޔެކަ ޑިޕްލޮމެޓިކް ޓްރެއިނިން އިންސްޓިޓިއުޓާ ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދެވޭނެކަން ހިމަނައިފައެވެ.
އެއްބަސްވުން ބަދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ. ސްރީ ލަންކާގެ ފަރާތުން ބައިވެރިވަޑައިގެންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒ، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް ވިޖުދާ ހެރެތުއެވެ.
ދެޤައުމުގެ މަޝްވަރާގައި ވަނީ ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.