ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ލަންކާގެ ރައީސަށް ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި

28 ޖުލައި 2025

|

އަޙުމަދު ޙަމީދު

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދެންނެވުން --

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.

މިރަސްމިއްޔާތަށް، ލަންކާގެ ރައީސް ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. ރައީސް ޑިސަނާޔަކެއަށް މަރްޙަބާ ދެންނެވުމުގެގޮތުން ސްކޫލު ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއް ވަނީ ހުށައަޅައިދީފަ އެވެ.

އަދި އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. މީގެ އިތުރުން ދިވެހި އަސްކަރީން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައެވެ.

މިރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އޭގެ ފަހުން ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި ލަންކގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުން ވެސް އޮތެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އޭގެ ފަހުން އެމަނިކުފާނު ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އަދި ދެ ލީޑަރުން އެކުގައި ފޮޓޯފުޅެއް ނެންގެވި އެވެ.

މިވަގުތު ދެ ޤައުމުގެ ލީޑަރުން ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު