ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޕާލަމެންޓުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ޖެނީވާއަށް ފުރާވަޑައިގެންފި

28 ޖުލައި 2025

|

ޢަލީ ޝަހީމް

މަޖިލިސް ރައީސް ޖެނީވާއަށް ފުރާވަޑައިގަތުން. ފޮޓޯ: މަޖިލިސް

ސްޕީކަރސް އޮފް ޕާލަމެންޓުގެ 6 ވަނަ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ސްވިޒަލެންޑުގެ ޖެނީވާއަށް ފުރާވަޑައިގެންފިއެވެ. 

ކޮންފަރެންސް ކުރިއަށްދާނީ ޖުލައި 29 އިން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކުރުމާއި، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.

ކޮންމެ ފަސް އަހަރަކުން ބާއްވާ ކޮންފަރެންސް އިންތިޒާމުކުރަނީ، އިންޓަރ ޕާލަމެންޓްރީ ޔޫނިއަން އާއި އައިޕީޔޫއިންނެވެ. 

މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ "ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މިއެވެ.

ކޮންފަރެންސްގައި މަޝްވަރާކުރެވޭ މުހިއްމު ކަންކަން: 

  • އަންހެނުންނާއި ޒުވާނުންެގެ ބައިވެރިވުން. 
  • ސުލްޙައާއި އީޖާދީ ގޮތްތައް ހޯދުން. 
  • 2030 ވަނަ އަހަރާއި ހަމައަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ޙާޞިލްކުރުން.
  • ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުން. 
  • ޑިޖިޓަލް މުސްތަޤްބަލެއް އެކުލަވާލުން. 
ކިޔުންތެރިންގެ ހިޔާލު