ENGLISH
10 ސެޕްޓެމްބަރު 2025
މާވަށުގައި ތޫނު ހަތިޔާރަކުން ހަމަލާދީ މީހަކު މަރައިލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
28 ޖުލައި 2025
|
ވަޅިން ހަމަލާދީ މީހަކު މަރައިލިކަމަށް ތުހުމަތުވާ މުހައްމަދު އިބްރާހީމް، ފޮޓޯ: ފުލުހުން
ލ.މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރައިލިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ މިއަދު ހެނދުނު 10:12 ހާއިރު އެ ހިދުމަތަށް ރިޕޯޓުކުރި ހާދިސާގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ލ.މާވަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމު ކަމަށެވެ. އޭނާއަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
މި މައްސަލާގައި މޫސައަށް ހަމަަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ.ނޮޅިވަރަންފަރު، އަސަރީމަންޒިލު، އުމުރުން 29 އަހރުގެ މުހައްމަދު އިބްރާހީމެވެ. އޭނާ ހައްޔަރުކޮށްފައިވާކަން ފުލުހުން މީޑިޔާއަށް ޔަގީންކޮށްދީފައިވެއެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ލިބުނު ގޮތުގައި މޫސައަށް ހަމަލާދިނީ މާވަށު ވޮލީ ކޯޓު ކައިރީ ހުއްޓައެވެ. އޭނާއަށް ހަމަލާދިނީ ނޭނގޭ ގޮތަށް ކުއްލިއަކަށް ފަހަތުން ކަރަށް ވަަޅިއަކުން ހަމަލާދީގެންކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި މުހައްމަދު އިބްރާހީމަކީ ދަތުރުވަރެއްގައި މާވަށަށް އައިސް އުޅޭ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އެ ހިދުމަތުން އަންނަނީ ތަހުގީގުކުރަމުންނެވެ.