ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ކުރިޔަށް އޮތް ދެ ދުވަހު މުޅި ރާއްޖޭގަ މޫސުން ގޯސްވާނެ

28 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދިންގޮތުގައި، މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މިއަދު ވެސް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ.

އަދި މާދަމާ އާއި ބުދަ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، ވިލާގަނޑުގައި ވަރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން މައުލޫމާތު ދެއެވެ.

މީގެއިތުރުން މިއަދު އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ލަފާކުރެއެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު، މިދިޔަ ހަފުތާގައި ވެސް މޫސުން ވަރަށް ގޯސްވި އެވެ. އަދި ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަވެ ބައެއް ތަންތަނާއި ތަކެއްޗަށް ގެއްލުންވިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ އެންމެން އަދި ހާއްސަކޮށް ކަނޑު ދަތުރުފަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު