ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ލ.މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފި

28 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ލ.މާވަށް، ފޮޓޯ: ލ.އަތޮޅު ކައުންސިލު

މިއަދު ލ.އަތޮޅު މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގެ މީޑިޔާ އޮފިޝަލަކު "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވި ގޮތުގައި ލ.މާވަށުގައި މީހަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިންކަން އެ ހިދުމަަތަށްވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލަ އެ ހިދުމަތަށް ރިޕޯޓުކުރީ ޖުލައި، 28، 2025 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. 

އެ ހަމަލާގައި އަނިޔާވި މީހާ މަރުވެފައިވާކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވިއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ނިޔާވީ ލ.މާވަށް، ނަލަހިޔާ، މޫސާ އިބްރާހީމް (29އ.) އެވެ.

އޭނާއަށް ހަމަލާ ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. 

ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު