ENGLISH
27 ޖުލައި 2025
ރައީސްގެ ނިންމެވުމަށް ވަޒީރުގެ ޝުކުރު، ބަންގިއަކީ ޙިދާޔަތުގެ މަތިވެރި ޝިޢާރެއް
27 ޖުލައި 2025
|
ޖަލްސާއެއްގައި ރައީސް މުޢިއްޒުގެ ދެކަނބަލުންގެ އަރިހުގައި ވަޒީރު ޝަހީމް --
ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން އެ ނިންމެވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޝުކުރު އަދާކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވަޒީރު ވިދާޅުވީ އާ ޓާމިނަލްގައި ބަންގީގެ އަޑު އިވޭގޮތް ހެއްދެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއް ކަމަށެވެ.
ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން ފެށުމާއި ގުޅިގެން އެ ނިންމުމަށް ދީނީ ޢިލްމުވެރީންވެސް ގެންދަވަނީ ތަޢުރީފު ކުރައްވަމުންނެވެ.
ރައީސްގެ ނިންމެވުމަށް މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.