ENGLISH

27 ޖުލައި 2025

Advertisement

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތަށް

27 ޖުލައި 2025

|

އަޙުމަދު ޙަމީދު

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ބޭއްވި ހަވާ އެރުވުމުގެ ހަރަކާތް -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ރޭ ބޭއްވި ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތް ދުނިޔޭގެ ރެކޯޑް ފޮތަށް އަރުވައިފި އެވެ.

ރޭ ވީއައިއޭގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ވަނީ ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް ބާއްވާފަ އެވެ. އެ ހަރަކާތް ހަ މިނެޓަށް ދިގު ދެމިގެންދިޔަ އެވެ.

ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން ބުނީ ރޭ އޮތް އިވެންޓްގައި އެއް ފަަހަރާ ނުވަ ސަރަހައްދެއްގައި ސިންކްރޮނައިޒްޑް އެރުވުމަކީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ. އެހެން ކަމުން އެމްއޭސީއެލަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އާ ޓާމިނަލުން ފުރަތަމަ އެއާލައިނަށް މަރުޙަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކަމުގެ ލިޔުން އެމްއޭސީއެލާއި ހަވާލުކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ ވަނީ 19 ސަރަޙައްދެއްގައި ހަވާ އަރުވާފަ އެވެ. މީގެ އިތުރުން ހިތްގައިމު ޑްރޯން ޝޯ އެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު