ENGLISH

27 ޖުލައި 2025

Advertisement

އަބޫދާބީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

27 ޖުލައި 2025

|

އަޙުމަދު ޙަމީދު

އަބޫދާބީ ފަންޑްގެ ޑިރެކްޓަރ ޖެނެރަލް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި، ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި އެއްބާރުލުން އިތުރުކުރެވޭނެ ދާއިރާތަކާއި މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު އައުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު