ENGLISH

27 ޖުލައި 2025

Advertisement

ދޯންޏެއްގައި އެއްޗެއް ގޮވުން: ފިހުނު ދެ މީހުން އައިސީޔޫގައި

27 ޖުލައި 2025

|

އަޙުމަދު ޙަމީދު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް --

އއ. މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވާ ފިހުނު ދެ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި ރޭ 8:45 ހާއިރު ހިނގި ހާދިސާގައި ބިދޭސީ ދެ މީހަކު ވަނީ ފިހިފަ އެވެ. އެއްޗެއް ގޮވީ މާޅޮހު ފަޅުގައި އޮތް ދޯންޏެއްގައި ކަމަށް ވީނަމަވެސް އެއީ ކޮންއެއްޗެއް ކަމެއް ނުބުނެ އެވެ.

އެ ދެ މީހުންނަށް އެ ރަށު ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިމާޖަންސީގައި ވަނީ މާލެ ގެނެސްފަ އެވެ. މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ދެ މީހުންގެ ހާލު ދެރަ އެވެ. މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.

މި ހާދިސާއާ ގުޅިގެން ތަހުޤީޤެއް ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު