ENGLISH
27 ޖުލައި 2025
ވީއައިއޭ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފި
27 ޖުލައި 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް
ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން ފަށައިފި އެވެ.
އެ ގޮތުން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން އެގޮތަށް ވަނީ އަމަލު ކުރަން ފަށާފަ އެވެ. އެ ނިންމުން އިޢުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އެއަރޕޯޓުގެ އާ ޓާރމިނަލް ގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާ އެގޮތަށް ޢަމަލު ކުރަން މިއަދުގެ ޢަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވީ ރޭ އޮތް ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ޓާމިނަލް ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ދިވެހި އިޤްތިސާދަށް ބޮޑު ބަދަލެއް ގެނައުވާނެ އާ ޓާމިނަލް އަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ވަރަށް ފެންވަރު ރަނގަޅު އެހާމެ ހިތްގައިމު ޓާމިނަލެކެވެ.