ENGLISH
27 ޖުލައި 2025
އައު ޓާމިނަލުން ފުރަތަމަ ފަހަރަށް ފަސިންޖަރުންނަށް ހިދުމަތް ދީފި
27 ޖުލައި 2025
|
ރޭ ހުޅުވުނު ވެލާނާ ބައިނަލްއަގުވާމީ ބަނދަރުގެ ފަސިންޖާ ޓާމިނަލުން ފުރަތަމަ ފަހަރަށް ފަސިންޖަރުންނަށް ހިދުމަތް ދޭންފައްޓައިފިއެވެ.
ގައުމީ އެއާލައިނުން މައުލޫމާތު ދިން ގޮތުގައި ވީއައިއޭގެ އައު ޓާމިނަލުން ހިދުމަތް ދެނީ އެ ކުންފުނީގެ ވައިޑް ބޮޑީ އެއާކްރާފްޓު އޭ 330 އިން ދަތުރުކުރާ ފަސިންޖަރުންނަށެވެ.
ވީއައި ޓާމިނަލްގެ ހިދުމަތް ލިބުނު ފަސިންޖަރުންނަކީ މިއަދު ކޮޗިންއިން ގައުމީ އެއާލައިންގައި އައި ފަސިންޖަރުންނެވެ.
އައުޓާމިނަލް ބޭނުންކުރަން ފެށުމުގެ ގޮތުން މޯލްޑިވިއަންގެ ކެބިން ކްރޫއިން ބޭނުންކުރާނީ ދިވެހި ހެދުމެވެ.
އައު ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭހައި ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެކެވެ. އެތަނުގައި 47 ޗެކިން ކައުންޓަރު ހުންނާނެއެވެ. އަމިއްލައަށް ޗެކިން ހަދާ 6 ކިއޯސްކު ގާއިމުކޮށްފަައިވެއެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުން ވީއައިއޭގެ އައު ޓާމިނަލާއެކު މިހާރު ހުރި ޓާމިނަލަށްވުރެ 30 އިންސައްތަ ހިދުމަތް އަވަސްވާނެ ކަމަށެވެ. ޓާމިނަލުގައި ފުލައިޓުތަކުން ފަސިންޖަރުން ފޭބުމަށް ބޭނުންކުރާ 12 އެއޮރޯ ބުރިޖު ހުންނާނެއެވެ.