ENGLISH

27 ޖުލައި 2025

Advertisement

ހުޅުމާލޭގައި އައު ޑައިލަސިސް ސެންޓަރެއް؛ ހިދުމަތް ހޯދަން ކިއުގައި ތިބުން ނިމުމަކަށް

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ޑައިލަސިސް ސެންޓަރުގެ ހިދުމަތް ފެއްޓެވުން

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން ހިންގާ ގޮތަށް އެތަނުގައި އައު ޑައިލަސަސިސް ސެންޓަރެއް ގާއިމުކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ. 

މި ޑައިލަސިސް ސެންޓަރަކީ 30 އެނދުގެ ސެންޓަރެކެވެ. އެ ސެންޓަރުގެ މަސައްކަތް ފެށީ ފާއިތުވި 2024 ވަނަ އަހަރުއެވެ. 

ޑައިލަސިސް ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުލްހަލީމް އަބްދުއްރައްޒާގު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި 2012 ވަނަ އަހަރު ޑައިލަސިސްގެ ހިދުމަތް ފެށީ އެންމެ ހަތަރު އެނދާއެކު ކަމަށެވެ. 

ހަލީމު ފާހަގަކުރެއްވި ގޮތުގައި ހުޅުމާލޭގެ އާބާދީއަށް އައި ކުރިއެރުމާއި ހިދުމަތް ބޭނުންވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދިޔަ ނަމަވެސް ޑައަލިސިސް ޔުނިޓަށް އެކަށީގެންވާ މިންވަރަށް އެނދު އިތުރުކުރެވިފަައިނުވެއެވެ. އެގޮތުން ފާއިތުވި ހުރިހާ އަހަރެއްގައި ގެނެވުނު ކުރިއެރުމާއެކު މިހާތަނަށް އެތަނުގައި ގާއިމުކުރެވިފައިވަނީ އެންމެ ދިހަ އެނދު ކަމަށް އޭނާ ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ބަދަލުވުމަށްފަހު، ރައީސް ޑރ.މުޢިއްޒު އަބަދުވެސް ދެއްވާ އިރުޝާދަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވުންކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ ވަރަށް ގިނަ ބަޔަކު ހިދުމަތް ނުލިބި ކިއުގައި ތިބެންޖެހޭކަން ފާހަގަކުރެވިފަައިވާ ކަމަށެވެ. 

ހަލީމު ވިދާޅުވި ގޮތުގައި އަލަށް ހުޅުވުނު ޑައިލަސިސް ސެންޓަރާއެކު ހުޅުމާލޭގައި ޑައިލަސިސް ހިދުމަތް ހޯދުމަށް ކިއުގައި ޖެހެން ތިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. 

އޮރެންޖް ބިލްޑިންގައި ގާއިމުކުރެވުނު ޑައިލަސިސް ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސް ޑރ.މުޢިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމުވަނީ އެ ސެންޓަރު ބައްލަވައިލައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު