ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ދައުލަތް އުފެދުނީއްސުރެ އަންނަނީ މިނިވަންކަން ކަށަވަރުކުރަމުން: އާދަމް ނަސީރު

27 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ވަޒީރު އާދަމް ނަސީރު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތް އުފެދުނީއްސުރެ އަންނަނީ މިނިވަންކަން ކަށަވަރުކުރަމުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

 ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ  މިއަދު ބާއްވަމުން އަންނަ 60 ވަނަ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ތާރީޚީ ހެކިތަކަށް ބަލާއިރު، ދިވެހިރާއްޖެއަކީ ތާރީޚުގެ އެންމެ ކުރީ ޒަމާނުއްސުރެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތް ޤައުމެކެވެ.

އަދި ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ދިވެހިރާއްޖޭގައި މިނިވަން ވެރިކަމެއް އޮތްކަން ތާރީޚީ ލިޔުންތަކުން އެނގޭކަމަށްވެސް ވިދާޅުވިއެވެ.

މިޔާއެކު 12 ވަނަ ޤަރުނުގައި ލިޔެފައިވާ "ތާރީޚު އިބްނު ވަޖީހު" ގައި ދިވެހިރާއްޖެއަކީ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ބަޔާންކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުވެސް ވަނީ ދިވެހިންނަށް އިސްކަންދޭ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާޢުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައިވެސް އެއްބައިވަންތަކަމަށް ބާރުއަޅުއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ 1965 ވަނަ އަހަރު އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު