ENGLISH

27 ޖުލައި 2025

Advertisement

ވީއައިއޭ އާ ޓާމިނަލް ހުޅުވުން: ރައީސްގެ ޝުކުރު ކުރީގެ ދެ ރައީސުންނަށް

26 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް މިރޭ ހުޅުވިގެން ދިޔައިރު އެ މަސައްކަތުގައި ދެ ސަރުކާރެއްގެ ބުރަ މަަސައްކަތް ހިމެނޭކަން ފާހަގަ ކުރައްވާ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފި އެވެ.

ވީއައިއޭ އާ ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކާމިޔާބީއަކީ ވަރަށް ބުރަ މަސައްކަތުން އަދި ވަރަށް ގިނަ ބައެއްގެ މަަސައްކަތުން ހޯދޭ އެއްޗެއް ކަމަށެވެ. ވީއައިއޭގެ އާ ޓާމިނަލް އަކީ އެފަދަ ކާމިޔާބެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވަނީ ވީއައިއޭ ޓާމިނަލްގެ މުހިންމު ގިނަ މަސައްކަތްތަކެއް މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކުރެވުނު ނަމަވެސް މި މަޝްރޫޢުގައި ކުރީގެ ދެ ސަރުކާރެއްގެ ބުރަ މަަސައްކަތް ހިމެނޭކަން ފާހަގަ ކުރައްވާފަ އެވެ. އެ ގޮތުން މި މަޝްރޫއު ފެށިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމުގައި ވިދާޅުވި އެވެ.

އަދި ރައީސް ސޯލިހްގެ ސަރުކާރުގައި އެ މަޝްރޫއުގެ ބައެއް މަސައްކަތް ކުރިއަށްދިޔަކަން ފާހަގަ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައީސް ޔާމީނާއި ރައީސް ސޯލިހަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އާ ޓާމިނަލްގެ މަަސައްކަތް ނިންމުމަށް ރެއާ ދުވާލު ބުރަ މަސައްކަތްތަކެއް ކުރެއްވި އެމްއޭސީއެލްގެ ހުރިހާ މުވައްޒިފުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް އެގޮތަށް ނުކުރެއްވި ނަމަ އިތުރު ދޮޅު އަހަރެއްހާ ދުވަހަށް މަސައްކަތް ދިގު ދެމިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު މަސައްކަތުގެ ސްޕީޑް ހުރީ 2027 ގެ ފަހުކޮޅަށް މަސައްކަތް ނިމޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު