ENGLISH
10 ސެޕްޓެމްބަރު 2025
ތައްޔާރުވޭ! ހަވާ އަރުވަން ފަށާނީ 9:40 ގައި
26 ޖުލައި 2025
|
ހަވާ އަރުވަނީ --
ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި ހަވާ އަރުވަން ފަށާނީ މިރޭ 9:40 ގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.
ދިވެހީންގެ މިނިވަން ކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވާ ވީއައިއޭ ވައިގެ ބަނދަރުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ވަނީ ފެށިފަ އެވެ. އާ ޓާމިނަލް ހުޅުވުމުގެ މި ރަސްމިއްޔާތަކީ މިހާތަނަށް ބާއްވާ އެންމެ ކުލަ ގަދަ އެއް ރަސްމިއްޔާތަށް ވާނެ އެވެ.
އެމްއެންޑީއެފުން ބުނީ ވީއައިއޭ އައު ޓާމިނަލް ހުޅުވުމުގެ މުނާޞަބަތުގައި މާލޭގެ ވަށައިގެން ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ކަނޑުގެ 16 ސަރަހައްދެއްގައި، އަދި ވައިގެބަނދަރު ކައިރިން 3 ސަރަހައްދެއްގައި ހަވާ އަރުވާނެ ކަމަށް ބުންޏެވެ.
ހަވާ އަރުވަން ފަށާނީ މިރޭ 9:40 ހާއިރު އެވެ. އަދި ހަ މިނެޓް ވާންދެން ހަވާއަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.