ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވާނެ: މޯދީ

26 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބޮޑުވަޒީރު މޯދީ މިއަދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ދިވެހި ބަހުން ކުރެއްވި އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ކުރި މި ކާމިޔާބު ދަތުރު ނިންމުމަކަށް އައިއިރު، ހިތުގެ އެންމެ ފުންމިނުން ރައީސް މުޢިއްޒުއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ވިދާޅުވީ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވީ ރައީސް މުޢިއްޒުއާއެކު ކުރެވުނު އުފެއްދުންތެރި މަޝްވަރާތަކާއެކު ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ހަކަތައެއް އިތުރުވެގެންދާނެ ކަމަށެވެ.

އޭގެ ކުރީން ވެސް ދިވެހި ބަހުން ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓްގައި ވިދާޅުވީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް ކަމަށާ މި މުހިންމު މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މުއްސަނދި ސަޤާފީ ތަރިކައާއި ވަރުގަދަ ރޫޙު ފެނިގެންދިޔަ ކަމަށެވެ.

އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޤައުމު ކޮށްފައިވާ ދަތުރު ފެނިގެންދިޔަ ކަމަށް ވިދާޅުވި އެވެ. މޯދީ ވިދާޅުވީ ޤަދީމީ ސަގާފަތުން ފެށިގެން މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު ދާއިރާއިން ނަގާފައިވާ އިސްކަމުގެ ސަބަބުން ރާއްޖެ ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޚާއްސަ ޖާގައެއް ހޯދާފައި ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް އަރިސްކުރަން," މޯދީގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު