ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އިންފްލޭޝަން ދަށަަށް

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ވިޔަފާރިއަށް މުދާ އުފުލަަނީ، ފޮޓޯ: އަވަސް

އިގުތިސާދު މެނޭޖުކުރުމަށާއި މުދަލާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ތަކެތީގެ އަގު ދަށްވެއްޖެއެވެ. 

ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާއްމުކުރި ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މަހުން މަހަށް ޖުމްލަ އިންފްލޭޝންވަަނީ 0،4 އިންސައްތަ ދަށްވެފައެވެ. މި އަހަރު އެންމެ މައްޗަށް އިންފްލޭޝަން އުފުލު އޭޕްރީލު މަހުގައި 5.7 އިންސައްތާގައި ހުރި އިންފްލޭޝަން މިހާރު 3.7 އިންސައްތައަށްވަަނީ ދަށްވެފައެވެ. 

އިންފުލޭޝަން ދަށްވުމަށް މެދުވެރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖޫން މަހު ކަރަންޓުގެ އަގަށް އައި ހެޔޮ ބަދަލު ހިމެނއެވެ. އެގޮތުން ޖޫން މަހު އެންމެ ބޮޑަށް އަގު ދަށްވީ ކަރަންޓުގެ އަގެވެ. 3.8 އިންސައްތައިން ކަރަންޓުގެ އަގު ދށްވިއިރު، ގޭބީސީތަކުގައި ހިފައިގެންގުޅޭ ސާމާނުގެ އަގުވެސްވަނީ 2.34 އިންސައްތަ ދަށްވެފައެވެ. 

އެންމެ ބޮޑަށް އުފުލުނީ ކާބޯތަކެތީގެ އަގެވެ. އެގޮތުން މޭވާގެ އަގު 3.20 އިންސައްތަ، ކިރާއި ކިރުގެ އުފެއްދުންތަކާއި ބިހުގެ އަގު 1.22 އިންސައްތައިން އަދި ތަރުކާރީގެ އަގު 0.83 އިންސައްތައިން އުފުލިފއިވެއެވެ. ހަކުރާއި ޖޭމާއި މާމުއީގެ އަގުވެސް އުފުލިފައިވާކަން ހިސާބުތަކުން ދައްކައެވެ. 

އެހެންނަމަވެސް ގެދޮރުވެރިކަމާއި ފެނާއި ކަރަންޓާއި ގޭހާއި އެހެނިހެން ތެލުގެ އަގު 0.53 ވެއްޓިފައިވެއެވެ. އެ ބާވަތްތަކުގެ އަގު ވެއްޓުނީ ކަރަންޓުގެ އަގު ދަށްވުމުގެ ސަބަބުންނެވެ. 

މަހުގެ އަގުވެސް ޖޫން މަހު 1.20 އިންސައްތައިން ދަށްވިއެވެ. މައިގަނޑު ގޮތެއްގައި މަހުގެ އަގު ދަށްވީ ކަނޑުމަހުގެ އަގު 7.42 އިންސައްތައަިން ދަށްވުމުންނެވެ. އަދި ހިއްކި މަހުގެ އަގު 2.00 އިންސައްތައިން ދަށްވެފައިވެއެވެ. 

ސަރުކާރުން އަންނަނީ މުދަލުގެ އަގު ބޮޑުވިޔަނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒުވަނީ ކަރަންޓުގެ އަގު ބޮޑުވާ މައްސަލަ ހައްލުކުރެއްވުމަށް ހާއްސަ ޑިސްކައުންޓެއް ދެއްވުމަށް ނިންމަވައި ބިލު ހަދާއިރު ބަލާ ބޭންޑުތަކުގެ އަގު ހެޔޮކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު