ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޖަޕާނު ސަރުކާރުގެ އިސް ވަފުދެއް އެ ގައުމުގެ އެހީގައި ރާއްޖޭގައި ބިނާކޮށްފައިވާ ބައެއް ތަންތަން ބައްލައްވާލައްވައިފި

26 ޖުލައި 2025

|

އަޙުމަދު ޙަމީދު

ޖަޕާނު ސަރުކާރުގެ އިސް ވަފުދެއް އެ ގައުމުގެ އެހީގައި ރާއްޖޭގައި ބިނާކޮށްފައިވާ ބައެއް ތަންތަން ބައްލައްވާލެއްވުން --

ޖަޕާނު ސަރުކާރުގެ އިސް ވަފުދެއް ވަޑައިގެން، ޖަޕާނުގެ އެހީގައި ރާއްޖޭގައި ބިނާކޮށްފައިވާ ބައެއް ތަންތަން ބައްލަވައި، މާލެ އުސްފަސްގަނޑު ސަރަޙައްދުގައި ބަހައްޓާފައިވާ ޓެޓްރަޕޮޑް މޮނިއުމަންޓް ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝީބަގެ ޚާއްސަ މަންދޫބުގެ ގޮތުގައި މިސް އިކުއިނާ އަކިކޯ ޓެޓްރަޕޮޑް މޮނިއުމަންޓަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

އަދި މިސް އިކުއިނާ އަކިކޯއާ ޕާލަމަންޓަރީ ވައިސް-މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ހިމެނިވަޑައިގަންނަވާ ޖަޕާނު ސަރުކާރުގެ އިސް ވަފުދެއް ވަޑައިގެން، ޖަޕާނުގެ އެހީގައި ރާއްޖޭގައި ބިނާކޮށްފައިވާ ބައެއް ތަންތަން ބައްލަވައި، މާލެ އުސްފަސްގަނޑު ސަރަޙައްދުގައި ބަހައްޓާފައިވާ ޓެޓްރަޕޮޑް މޮނިއުމަންޓް ސަރަޙައްދަށް މިއަދު ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.

މި ޒިޔާރަތުގައި ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން މިނިސްޓަރ، ޑރ. ޢަބްދުﷲ މުއްޠަލިބު އަދި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި މިނިސްޓްރީއޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު