ENGLISH
23 ޖުލައި 2025
ބަންގުލަދޭޝްގައި ކޮލެޖު ކެމްޕަހެއްގެ ތެރެއަށް ފައިޓާ ޖެޓެއް ވެއްޓި 19 މީހަކު މަރުވެއްޖެ
21 ޖުލައި 2025
|
ޖެޓު ވެއްޓުނު އިމާރާތުގައި އަލިފާން ރޯވެފައި
ބަަންގުލަދޭޝްގެ ވެރިރަށް ދާކާގައި ހުންނަ މައިލްސްޓޯން ސްކޫލް އެންޑް ކޮލެޖުގެ ކެމްޕަހުގެ އިމާރާތްތަކެއްގެ މައްޗަށް އެ ގައުމުގެ ވައިގެ އަސްކަރިއްޔާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވެއްޓި 16 ދަރިވަރުންނާއި ދެ ޓީޗަރުން މަރުވެއްޖެއެވެ.
އެންޑީޓީވީން ރިޕޯޓުކުރި ގޮތުގައި މަރުވި ޓީޗަރުންނާއި ދަރިވަރުންގެ އިތުރަށް އެ މަތިންދާބޯޓު ދުއްވި ޕައިލެޓު ލެފްޓިނެންޓް މުހައްމަދު ތޫކިރް އިސްލާމްވެސް މަރުވެފައިވެއެވެ. އަދި ސަތޭކައަށްވުރެ ގިނަ މީހުންނަށް އެ ހާދިސާގައި އަނިޔާވިއެވެ.
ޗައިނާގެ ޖޭ-7 ފައިޓާ މަތިންދާބޯޓުގެ މަރުކާއެއް ކަމުގައިވާ އެފް-7ބީޖީއައި މަރުކާގެ މި ޕޯޓޫ ވެއްޓުނީ ތަމްރީނު ދަތުރަކަށް މެންދުރު 1:06 ހާއިރު ފުރައިގެން ދަތުރުކުރަން ފެށިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އަލިފާން ނިއްވުމާ ގުޅޭ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެ ފުލައިޓު ވެއްޓުނީ ދަރިވަރުން ގިނަ އަދަދަަކަށް ތިބި އިމާރާތަކަށެވެ.
ބައެއް މީޑިޔާއިން ރިޕޯޓުކުރި ގޮތުގައި އެ ޖެޓު ވެއްޓުނު އިމާރާތަކީ ދަރިވަރުން ކެއުމަށް ބޭނުންކުރާ ކެންޓީނެއް ހުރި އިމާރާތެކެވެ.
ބައެއް ދަރިވަރުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ބުނެފައިވަނީ ޖެޓު ވެއްޓުނު ތަނަކީ 2،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ތަނެކެވެ. އެތަނުގައި އިބްތިދާއީ މަރުހަލާއިން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދެއެވެ.