ENGLISH

15 ޖުލައި 2025

Advertisement

ކެންސަރު ހޮސްޕިޓަލްގެ ވަޢުދު މި ސަރުކާރުން ފުރިހަމަ ކޮށްދޭނެ: ސިއްޙަތާއި ބެހޭ ވަޒީރު

14 ޖުލައި 2025

|

އަޙުމަދު ޙަމީދު

ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް

ކެންސަރު ބައްޔަށް ޚާއްސަ ހޮސްޕިޓަލެއްް ޤާއިމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާއި އެއްގޮތަށް އެ ހޮސްޕިޓަލް ޤާއިމު ކުރައްވާނެ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޒީރުން ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށެވެ.

ކެންސަރު ހޮސްޕިޓަލެއްގެ ވާހަކަ ދެކެވޭތާ 10 އަހަރުވެ އެކަން ހަަޤީޤަތަކަށް ނުވެ އޮތުމަކީ ރައްޔިތުން ކަންބޮޑުވާނެ ކަމެއްކަން ޤަބޫލު ކުރައްވާ ކަަމަށެވެ. ކެންސަރަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ އެ މަޝްރޫޢުއަށް ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ.

އަދި ވިދާޅުވީ އެކަމަށްވާން ޖެހޭ އިތުރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓް ވެސް ވަނީ އެކުލަވާލާފައި ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ވަޢުދު (ކެންސަރު ހޮސްޕިޓަލެއް ބިނާކުރުމުގެ ވަޢުދު) ފުރިހަމަކޮށްދޭނެ," މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ވާތީ އެ ބައްޔަށް ޢާންމުން ހޭލުންތެރި ކުރުވުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެ މަސައްކަތް ވަރަށް އިސްކަން ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެތައް ފަހަރެއްގެ މަތީން ތާރީޚުތައް ދިނެވެ. ނަމަވެސް އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ހުޅުމާލެ ނޫނީ ގަމުގައި އެ ހޮސްޕިޓަލް އަޅާނެ ކަމަށް ބުނުން ފިޔަވާ އިތުރު ކަމެއް ނުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު