ENGLISH
21 ޖޫން 2026
ސްވިޑަން އަތުން ނެދަލެންޑްސްއަށް ފަސް ތަރީގެ މޮޅެއް
21 ޖޫން 2026
|
ވޯލްޑް ކަޕުގައި ނެދަލެންޑްސް އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެފްގައި މިރޭ ސްވިޑަން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ނެދެލެންޑްސް މޮޅުވެއްޖެއެވެ. އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނެދަލެންޑްސްއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ބްރަޔަން ބްރޮބީއެވެ. އޭނާ މި ލަނޑު ޖެހީ ކޯޑީ ގަކްޕޯ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް، ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ވޯލްޑް ކަޕުގައި ނެދަލެންޑްސް އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ ނެދެލެންޑްސްއިން ލީޑު ފުޅާކުރީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޑެންޒެލް ޑަމްފްރީސް ހުރަސްކޮށްދިން ބޯޅައަކުން، ބްރޮބީ ޖަހައިދިން ލަނޑެކެވެ. އޭގެ ފަހުން ސްވިޑަންއިން ވަނީ ކުޅުން ރަނގަޅުކޮށް ނެދަލެންޑްސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
މި މެޗުގެ ދެވަނަ ހާފް ފަށައިގެން ދެ މިނެޓުގެ ތެރޭގައި ނެދަލެންޑްސްއިން އިތުރު ލަނޑެއް ޖެހިއެވެ. ޑަމްފްރީސް ތިރިތިރިން ނަގައިދިން ހުރަސް، މި ފަހަރު ކާމިޔާބުކޮށްދިނީ ގަކްޕޯއެވެ. އަދި މެޗުގެ 54 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ނެދަލެންޑްސްއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އޭނާ މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ކްރައިސެންސިއޯ ސަމާވިލް ދިން ބޯޅައަކުންނެވެ.
ވޯލްޑް ކަޕުގައި ނެދަލެންޑްސް އާއި ސްވިޑަން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި ނަތިޖާއާއެކުވެސް ސްވިޑަންގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. އަލެކްސަންޑަރ އިސާކް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް އެންތަނީ އެލަންގާއެވެ. ނަމަވެސް މެޗު ނިމެން ވިއްސަކަށް މިނެޓަށް ވެފައި ވަނިކޮށް ސަމާވިލް ވަނީ ނެދެލެންޑްސްގެ ފަސްވަނަ ލަނޑު ޖަހައދީފައެވެ.
މި ނަތީޖާއާއެކު ނެދަލެންޑްސް ވަނީ ގުރޫޕް އެފްގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުއެވެ. ސްވިޑަން ދެވަނައިގައި އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.