ENGLISH

15 ޖުލައި 2025

Advertisement

ފްލެޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި ސޮއިކުރަން ފެށޭނެ: ވަޒީރު

14 ޖުލައި 2025

|

އަޙުމަދު ޙަމީދު

އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް --

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓް ލިބޭ މީހުންނާއެކު އަންނަ ހަފްތާގައި ސޮއިކުރަން ފެށޭނެ ކަމަށް އިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މިރޭ އޮތް "އަހާ" ފޯރަމް ގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ 4,000 ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުން ޤާއިމު ކުރުމަކީ ވަރަށް ބޮޑު މަަަސައްކަތެއް ކަމަށެވެ. ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެގޮތުން އެ މަސައްކަތް ކުރުމަށް ޚާއްްސަ ތަނެއް ހެދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އަމާޒަކީ އެ ތަން ތައްޔާރުކޮށް ނިމި އަންނަ ހަފްތާގައި އެގްރީމަންޓްތަކުގައި ސޮއިކުރަން ފެށުން ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި ސޮއިކުރަން ފެށޭނެ ކަމަށް،" ވަޒީރު ވިދާޅުވި އެވެ.

ވަޒީރު މިރޭ ވެސް ވިދާޅުވީ ފްލެޓްތައް ހަވާލުކުރުން އަވަސް ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ކަމަށެވެ. ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފެނާއި ކަރަންޓާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު