ENGLISH
15 ޖުލައި 2025
ފީނަން ގޮސް އުޅެނިކޮށް މާމިގިލިން ގެއްލުނު ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ
14 ޖުލައި 2025
|
ކުއްޖާގެ ހަށިގަނޑު އެމްބިއުލާންސްއަށް އަރުވަނީ
ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދީންގެ ތެރެއިން ކުއްޖަކު ގެއްލިފަައިވާ މައްސަލަ މިރޭ ފުލުހުންގެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔަ 15 އަހަރުގެ ފިރިހެން ކުއްޖާ ފެނިފައިވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރީންނެވެ.
އެ ކުއްޖާގެ ހަށިގަނޑު ހޯދީ ސިފައިންގެ ޑައިވަރުންނެވެ. ކުއްޖާގެ ހަށިގަނޑު މިވަގުތު އޮތީ މާމިގިލި ސިއްޙީ މަރުކަޒުގަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ބުނީ ކުއްޖާގެ ހަށިގަނޑު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.