ENGLISH
15 ޖުލައި 2025
ފީނަށް ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ
14 ޖުލައި 2025
|
އދ. މާމިގިލި
ފީނަށް ގޮސް އުޅުނު 15 އަހަރުގެ ކުއްޖަކު ގެއްލިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ކުދީންގެ ތެރެއިން ކުއްޖަކު ގެއްލިފަައިވާ މައްސަލަ މިރޭ ފުލުހުންގެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.