ENGLISH

14 ޖުލައި 2025

Advertisement

ލޮލުގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ހަރުދަނާކުރުމަށް "މޯލްޑިވްސް ސްޕެކްސް 2030" އިނިޝިއޭޓިވް އިފުތިތާހުކޮށްފި

14 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވްސް ސްޕެކްސް 2030 އިނިޝިއޭޓިވް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހެލްތު މިނިސްޓްރީ

ލޮލުގެ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން އެކުލަވައިލާފައިވާ މަގުޗާޓު "މޯލްޑިވްސް ސްޕެކްސް 2030" އިނިޝިއޭޓިވް އިފުތިތާހުކޮށްފިއެވެ. 

މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ އެކަމަަށް ހާއްސަކޮށް ހުޅުމާލޭގެ ވޯޓާ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. 

ސްޕެކްސް 2030 އިނިޝިއޭޓިވްއަކީ ދުނިޔޭގެ ފެންވަރުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ފެންވަރުގައި ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިސްނަގައިގެން އެކުލަވައިލާފައިވާ އިނިޝިއޭޓިވްއެކެވެ. 

މި އިނިޝިއޭޓިވްއަކީ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެއްކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. މި އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއައި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަން ހަރުދަނާކުރެވިގެންދާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ. 

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2030 އާ ހަމައަށް ރާއްޖޭގައި ލޮލުގެ ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ލޮލުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަމަށް މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ފަރުވާގެ ހިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެއެވެ. 

އެ އިނިޝިއޭޓިވްގެ ދަށުން ލޮލުގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ފުޅާކުރުމާ ގުޅޭ ސްޓްރެޓެޖީއެއް މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިއުއެޗްއޯ ގުޅިގެން އެކުލަވައިލަންވާނެއެވެ. މި ސްޓްރެޓެޖީ އެކުލަވާލެވިގެންދާނީ ލޮލުގެ ސިއްޙަތާއި ބެހޭ މަޢުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް، އަދި ކަމާ ގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައިކަމަށް މިނިސްޓްރީން ބުންޏެވެ. ލޮލުގެ ސިއްޙަތާ ގުޅޭ އައި ކެއަރ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން، ރާއްޖޭގައި މިހާރު ލޮލުގެ ސިއްޙަތާ ގުޅޭ ޚިދުމަތްތައް ދެވޭ ގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައްވެސް މި ސްޓްރެޓެޖީ ދެނެގަނެވިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު