ENGLISH

15 ޖުލައި 2025

Advertisement

ހިލޭ ޑިގްރީ ސްކީމް: އަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ދޫކޮށްފި

14 ޖުލައި 2025

|

ޢަލީ ޝަހީމް

ޤައުމީ ޔުނިވަރސިޓީން ދަސްވެނިވި ދަރިވަރުން. ހިލޭ ޑިގްރީ ސްކީމްގެ ދަށުން އަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ.

ސަރުކާރުން ފޯރުކޮށްދޭ ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިއަހަރުގެ މިހާތަނަށް 85 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން މިއަދު ވަނީ ހިލޭ ޑިގްރީ ސްކީމްގެ، 2025 ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް އަދާހަމަ މީސްމީޑިއާގައި އާއްމުކޮށްފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް 85،478،150.89 (އައްޑިހަ ފަސްމިލިއަން، ހަތަރު ލައްކަ ހަތްދިހަ އަށްހާސް، ސަތޭކަ ފަންސާސް ރުފިޔާ އަށްޑިހަ ނުވަލާރި) ދަރިވަރުންނަށް ވަނީ ދޫކޮށްފައެވެ. 

2025 ވަނަ އަހަރު ހިލޭ ޑިގްރީ ސްކީމަށް ރަޖިސްޓްރީ ވެފައިވާ ދަރިވަރުން؛ 

  • އަންހެން: 704
  • ފިރިހެން: 464
  • ޖުމްލަ: 1168 

އަހަރުގެ މިހާތަނަށް ގްރޭޖުއޭޓް ވީ ދަރިވަރުންގެ އަދަދު؛ 

  • އަންހެން: 1355
  • ފިރިހެން: 713 
  • ޖުމްލަ 2068

ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް 3888 ދަރިވަރުން ވަނީ ރަޖިސްޓްރީވެފައެވެ. އަދި، އުނގެނެމުންދިޔަ ދަރިވަރުންގެ ތެރެއިން 5412 ދަރިވަރުން މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ވަނީ ގްރޭޖުއޭޓްވެފައެވެ. 

އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުގައި ބުނެފައިވަނީ މިހާރު 8086 ދަރިވަރުން ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުންދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 5047 އަންހެން ދަރިވަރުންނާއި 3039 ފިރިހެން ދަރިވަރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު