ENGLISH

14 ޖުލައި 2025

Advertisement

ޕަބްލިކް ވަރކްސް ޔުނިޓް ޤާއިމުކުރާނެ އިތުރު 14 ރަށެއް ކަނޑައަޅައިފި

14 ޖުލައި 2025

|

އަޙުމަދު ޙަމީދު

ހއ. ދިއްދޫ

ޕަބްލިކް ވަރކްސް ޔުނިޓް ޤާއިމުކުރާނެ އިތުރު ރަށްތަކެއް ކަނޑައަޅާ އެކަން ޢިއުލާނު ކޮށްފި އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާ އިން ބުނީ މި ރަށްތައް ކަނޑައެޅުމުގައި ޢާންމު މިންގަނޑެއް ކަމަށް ބަލާފައިވާނީ އަތޮޅުގެ އަތޮޅު ކައުންސިލް ހިންގާ ރަށްރަށް ކަމަށެވެ.

މި ގޮތުން ޕަބްލިކް ވަރކްސް ޔުނިޓް ޤާއިމުކުރާނެ ރަށްތަކަކީ:

* ހއ. ދިއްދޫ

* ށ. ފުނަދޫ

* ނ. މަނަދޫ

* ބ. އޭދަފުށި 

* ޅ. ނައިފަރު

* ކ. ތުލުސްދޫ

* އއ. ރަސްދޫ

* އދ. މަހިބަދޫ

* ވ. ފެލިދޫ

* މ. މުލި

* ފ. ނިލަންދޫ

* ދ. ކުޑަހުވަދޫ

* ތ. ވޭމަންޑޫ

* ގއ. ވިލިނގިލި

އެ ވުޒާރާ އިން ބުނީ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން ޢާންމު ޚިދުމަތްދޭ ޔުނިޓްތައް ޤާއިމު ކުރުމަށް ބޭނުންވާ މީހުންނާއި ވަޞީލަތްތައް ހޯދުމުގެ އިދާރީ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންނާއި ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢާންމު ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން ރަށްރަށުގެ މަގުތައް މަރާމާތު ކުުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ހަދަން ޖެހޭ މަގުތައް ހެދުމަށްޓަކާ ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލިއަޅައި ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ޢާންމު ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައި ނެތް އަތޮޅުތަކުގެ ތެރެއިން މިހާތަނަށް ޢިއުލާނު ކުރެވި އޮތީ މި އަތޮޅުތަކެވެ.

ކިޔުންތެރިންގެ ހިޔާލު