ENGLISH
14 ޖުލައި 2025
އިމާޖަންސީކޮށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު މަރުވި މައްސަލައެއް
14 ޖުލައި 2025
|
އައިޖީއެމްއެޗް --
އިމާޖަންސީކޮށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގަައި މިއަދު ހެނދުނު 10:10 ހާއިރު އިމާޖަންސީކޮށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލްގައި ނިޔާވެފައިވާ މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފެނުނީ ގޭގެ ކޮޓަރިތެރެއަށް ވެއްޓިފައި އޮއްވާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.