ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ

މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީކުރަންވާނީ ވަންގަވް (one.gov.mv) މެދުވެރިކޮށެވެ. ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް https://one.gov.mv/entities/CHQ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިދިޔަ އަހަރުން ފެށިގެން މުބާރާތުގެ ފެންވަރު ރަނގަޅުކޮށް، ބައިވެރިންނަށް ރަނގަޅު އިނާމުތަކެއް ލިބޭނެ މުބާރާތަކަށް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށާއި، ޤުރުއާން ކިޔެވުމުގެ ހުނަރުވެރިން އުފެއްދުމަށް ބާއްވާ އެންމެ މުހިންމު މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ޅަފަތުގައި ތިބި ކުދިންނާއި ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވެ، ޤައުމީ ފެންވަރުގައި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު