ENGLISH

14 ޖުލައި 2025

Advertisement

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާާރާތުގެ ބިއްލޫރިތައް ތަޅައިލާ އަލިފާން ރޯކުރަން އުޅެފި

14 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މަގޫދޫ އެއާޕޯޓުގެ ފަޔާ އިމާރާތުގެ ބިއްލޫރިތައް ތަޅާލާފައި، ފޮޓޯ: ކައުންސިލް

ފ.މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓުގެ އިމާރާތުގެ ބިއްލޫރިތަކެއް ތަޅައިލާ އެތަނުގައި އަލިފާން ރޯކުރަން ބަޔަކު މަސައްކަތްކޮށްފިއެވެ. 

ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މަގޫދޫގައި އަޅަމުންދާ އެއާޕޯޓުގެ ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ތަޅައިލީ ޖުލައި 13، 2025 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:47 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

އެމްއެމްޓީވީއަށް މައުލޫމާތު ދެމުން މަގޫދޫ ކައުންސިލުގެ މެންބަރަކު ވިދާޅުވީ އެ އިމާރާތުގައި ހުރި ބިއްލޫރިތައް ތަޅައިލުމުގެ އިތުރަށް ސީލިންވެސް ފަޅައިލާފައިވެއެވެ. މިހާތަނަށް އެކަމުގައި ބައިވެރިވީ ކޮން ބަައެއްކަން ދެނެގަނެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

ފުލުހުން މައުލޫމާތު ދިން ގޮތުގައި ބިއްލޫރިތައް ތަޅައިލުމުގެ އިތުރަށް އެ އިމާރާތުގައި އަލިފާން ރޯކުރަން މަސައްކަތްކޮށްފައިވާކަން މިހާތަނަށް ބެލި ބެލުމުން ދެނެގަނެވިފައިވެއެވެ. 

ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު