ENGLISH
11 ސެޕްޓެމްބަރު 2025
ރޭގެ އެކްސިޑެންޓުގައި ނިޔާވި ޒުވާނާގެ ޢާއިލާއަށް، ރައީސްގެ ތައުޒިޔާ
14 ޖުލައި 2025
|
ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ރޭ މާފަންނު ބަސް ޓާމިނަލް ކައިރީގައި ނުރައްކާތެރި އެކްސްޑެންޓެއް ހިނގާ، ޒަޚަމްތަކަށް ފަރުވަދެމުން ދަނިކޮށް ނިޔާވި ޢުމުރުން 17 އަހަރުގެ ޒުވާނާގެ ޢާއިލާއަށް، ރައީސްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، ނިޔާވި ޅަ ޒުވާން ކުއްޖާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ ދެ ފަރާތަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރައްވާފައި ވެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު އެ ސަރަޙައްދުން ދަތުުކުރި ޕިކަޕެއްގައި ވެސް ޖެހުނެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ ނިޔާވި 17 އަހަރުގެ ޒުވާނާގެ އިތުރުން 16 އަހަރުގެ ކުއްޖަކާ 40 އަހަރުގެ މީހެކެވެ. އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.