ENGLISH

14 ޖުލައި 2025

Advertisement

މިރޭގެ އެކްސިޑެންޓް: ނިޔާވީ ތޭރައާ އަޝްފާގެ ހަމައެކަނި ދަރިފުޅު

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

ތޭރައާ އަޝްފާ އެ މީހުންގެ ދަރިފުޅާއެކު

މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވީ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީއާ މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން މުހައްމަދު ކަމަށް އެނގިއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ އަލްސަން އެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު އެ ސަރަޙައްދުން ދަތުުކުރި ޕިކަޕެއްގައި ވެސް ޖެހުނެވެ.

އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އަލްސަންގެ އިތުރުން 16 އަހަރުގެ ކުއްޖަކާ 40 އަހަރުގެ މީހެކެވެ. އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވީ ސަރަޙައްދުގައި ވަރަށް ގިނަ އަދަދެއްގެ ލޭ އެބަ ހުއްޓެވެ. ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު