ENGLISH
14 ޖުލައި 2025
އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ
13 ޖުލައި 2025
|
މިރޭ އެކްސިޑެންޓްވީ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ވޮއިސް އޮންލައިން
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު އެ ސަރަޙައްދުން ދަތުުކުރި ޕިކަޕެއްގައި ވެސް ޖެހުނެވެ.
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނިޔާވީ 17 އަހަރުގެ ކުއްޖާ އެވެ. އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓްވީ ސަރަޙައްދުގައި ވަރަށް ގިނަ އަދަދެއްގެ ލޭ އެބަ ހުއްޓެވެ. ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރި ވަމުންނެވެ.