ENGLISH

14 ޖުލައި 2025

Advertisement

ފަޤީރުންނަށް އިސްލާމިކް ހެލްތު އިންޝުއަރެންސް ތަޢާރަފު ކުރަނީ

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

ފަޤީރުންނަށް އިސްލާމިކް ހެލްތް އިންސްއަރެންސް ތަޢާރަފު ކުރަނީ --

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބަލަހައްޓަމުންދާ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިސްލާމިކް ހެލްތް އިންސްއަރެންސް ހަމަޖައްސައިދޭނެ ބަޔަކު ހޯދަން ޢިއުލާނު ކޮށްފި އެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކުގެ ތެރެއިން އިންސްއަރެންސް ޚިދުމަތް ދިނުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ. 

އިސްލާމިކް މިނިސްޓްރީން ވަނީ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށް މަޢުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 17 ވާ ބުރާސްފަތިދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފަ އެވެ.

ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް އިންޝުއަރެންސްއެއް ތަޢާރަފު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު