ENGLISH
14 ޖުލައި 2025
އެޕާޓްމަންޓެއްގައި ރޯވުން: 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
13 ޖުލައި 2025
|
އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓްގެ ބޮޑު ބައެއް ވަނީ އަނދާފައި
ހުޅުމާލޭ ފޭސް އެކެއްގެގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
މިއަދު މެންދުރު ހިނގި ހާދިސާގައި އަލިފާނުގެ ސަބަބުން މުޅި އެޕާޓްމަންޓްގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފަ އެވެ. އަދި ކައިރި އެޕާޓްމަންޓްތަކަށް ވެސް ގެއްލުއްވި އެވެ.
ނެޝަނަލް ޑިޒާސްޓާސް މެނޭޖުމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި ހަތަރު އެޕާޓްމަންޓަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ. އަދި 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން މިވަގުތު ފޯރުކޮށްދެމުން އަންނަކަމަށް ބުންޏެވެ.
މިއަދު އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓްގައި މީގެ ކުރީން ވެސް ދެ ފަހަރެއްގެ މަތީން އަލިފާނުގެ ހާދިސާ ވަނީ ހިނގާފަ އެވެ.
އެތަނަކީ ބިދޭސީން އުޅެމުން އަންނަ ތަނެއް ކަމަށް ވެ އެވެ.