ENGLISH

14 ޖުލައި 2025

Advertisement

އައްޑޫގައި ހަދާފައިވާ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއަށް

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

އައްޑޫގައި ހަދާފައިވާ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ މަރުކަޒު ވެމްކޯއަށް

އައްޑޫގައި ގާއިމުކޮށްފައިވާ ވަގުތީ ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާކުރާ މަރުކަޒު ވެމްކޯއާ ހަވާލުކޮށް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކޮށްފި އެވެ.

މި މަރުކަޒަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް.) ދަށުން "އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މިނަމުގައި ހިންގާ ޕްރޮޖެކްޓްގެ ތެރެއިން ގާއިމުކުރި މަރުކަޒެކެވެ. މި އެމް.އޯ.ޔޫގެ ދަށުން، މި މަރުކަޒު ހިންގާ ބަލަހައްޓާނެ ފަރާތަކީ ވެމްކޯއަށް ވެގެންދާނެއެ ވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި، ޚާއްސަކޮށް އައްޑޫ ސިޓީގައި، ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާތެރިކަމާއެކު މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. މި މަރުކަޒުގެ ސަބަބުން، "ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް" (ޕޮޕްސް) ފަދަ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޭނުންވާ މަގުފަހިވެ، އާންމު ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ވެމްކޯއަށް މި މަރުކަޒު ހަވާލުކުރުމާއެކު، އައްޑޫ ސިޓީގެ ރައްޔިތުންނަށް ނުރައްކާތެރި ކުނި ނައްތާލުމަށް ފަސޭހަ މަގެއް ފަހިވެ، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ޓޫރިޒަަމް މިނިސްޓްރީން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކޮށް ކުރިއެރުވުމަށްވެސް އެހީތެރިވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު