ENGLISH

14 ޖުލައި 2025

Advertisement

ޢަބްދުއްރަޙްމާން މަރާލުން: ޕޯސްޓްމޯޓަމް ހަދަނީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށް

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުން -- ފޮޓޯ: ވޮއިސް

އއ. މާޅޮހުގައި ރޭ ހިނގި މަރުގެ ހާދިސާއާ ގުޅިގެން، އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުޤީޤު ޓީމުން ނިންމި ނިންމުމަކީ، މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢަބްދުއްރަޙްމާން އާދަމް (65 އަހަރު) ގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުޤީޤު ޓީމުން ނިންމާފައިވާ ކަމަށެވެ. އެއީ މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާ ގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ވަނީ ނިޔާވެފަ އެވެ.

މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

މަރުގެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު