ENGLISH
14 ޖުލައި 2025
ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
13 ޖުލައި 2025
|
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ގދ. ނަޑެއްލާ އައު ބަނދަރު ހެދުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ހެވީ ފޯސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރު އެވެ.
ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް އާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތުގެ އަގަކީ 78،653،152.46 ރުފިޔާ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ބައެއް މަސައްކަތްތައް:
މި ޕްރޮޖެކްޓުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުއެވެ.