ENGLISH

13 ޖުލައި 2025

Advertisement

ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް އާންމުކޮށްފި

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

ވިޒިޓް މޯލްޑިވްސް އިން އާ ލޯގޯއަކާއި އާ ބްރޭންޑް އައިޑެންޓިޓީއެއް އާންމުކުރުން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް( އިން ދިވެހިރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ބްރޭންޑަށް ގެނެވުނު ވިސްނުންތެރި އިޞްލާޙުތަކެއް ތަމްސީލުކުރާ، އިތުރަށް ފުރިހަމަކުރެވިފައިވާ ލޯގޯއަކާއި މުޢާޞަރުކުރެވިފައިވާ ބްރޭންޑް އައިޑެންޓިޓީއެއް ޢާންމުކޮށްފި އެވެ.

މަދު އިޞްލާޙުތަކެއް ނަމަވެސް، މިއީ ރޭވުންތެރިކަމާއެކު ގެނެވިފައިވާ ބަދަލުތަކެއް ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މި ބަދަލުތަކުގެ ސަބަބުން، ހުރިހާ ވަސީލަތެއްގައިވެސް އެއްހަމަ އަދި ފާހަގަކޮށްލެވޭފަދަ ވިޝުއަލް ޕްރެޒެންސްއެއް ޤާއިމުކުރެވޭނެ އެވެ.

އިތުރަށް ފުރިހަމަކުރުމަށް ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވާނެ އެވެ.

ލޯގޯއަށް ގެނެވުނު އިޞްލާޙުތަކާއެކު، ބްރޭންޑިންގގެ ހަމަތަށްވެސް ވަނީ މުޢާޞަރުކުރެވިފައެވެ. އެގޮތުން ބޭނުންކުރާ ފޮންޓުތަކާއި ލުއިކުރެވިފައިވާ ޑިޒައިން އުންޞުރުތަކުން މަންޒިލާ ގުޅޭ މަންޒަރުތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދެވި، އިތުރު ގްރެފިކްސްތަކަށް ބަރޯސާވުން މަދުކުރެވޭނެއެވެ. މީގެ ސަބަބުން ހުރިހާ މުޢާމަލާތެއްވެސް އިތުރަށް ސާފުވެ އަދި ގުޅިލާމެހިފައިވާ ވިޝުއަލް ބަހުރުވައެއް ކަށަވަރުވާނެއެވެ.

6 ޖުލައި2025އިން ފެށިގެން ހުރިހާ މަންޞަތަކެއްގައި އަދި ވަސީލަތްތަކެއްގައިވެސް މިހާރު ބޭނުން ކުރެވެމުންދަނީ އިޞްލާޙުކުރެވިފައިވާ ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތައް ކަމަށާ މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދަމަހައްޓާކަމެއް ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު