ENGLISH

14 ޖުލައި 2025

Advertisement

މަސްތުވާތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކަކާއެކު މާލޭން މީހަކު ހައްޔަރު ކޮށްފި

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

މަސްތުވާތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ފައިސާތަކަކާއެކު މާލޭން ހައްޔަރު ކުރި މީހާ -- ފޮޓޯ: ޕޮލިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ މއ. ހިތްތަލަވިލާ، މާލެ، އަޙްމަދު ނަޘްމީން (28އ) އެވެ. ފުލުހުން ބުނީ މިއީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މީހާ ހައްޔަރުކޮށް، އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާ މި ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމް ކަަމަށް ފުލުހުން ބުންޏެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ނަޘްމީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު