ENGLISH

14 ޖުލައި 2025

Advertisement

މާޅޮހުގައި މަރާލި އަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެންނަނީ

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

އއ. މާޅޮސް

އއ. މާޅޮހުގައި މަރާލި އެ ރަށު އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ ތަހުޤީޤަށް ބޭނުންވާ ތަޙުލީލުތައް ހެދުމަށް އަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ތަޙުޤީޤުން ނިންމާފައިވާ ކަމަށެވެ.

ޕޯސްޓްމޯޓަމް ހަދަނީ މަރުގެ ސަބަބު ދެނެގަތުމަށެވެ. ޕޯސްޓްމޯޓަމް ހެދުމަށް ގެންދާނީ އަވައްޓެރި އިންޑިއާ އަށެވެ.

އަބްދުއްރަޙްމާނަށް ބޮޑެތި ހަމަލާތަކެއްދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައި އޮއްވާ ފެނުނީ ރޭ ދަންވަރު އެވެ. މާޅޮހު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ ފަތިހު އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ޚާއްސަ ޓީމެއް މިވަގުތު މާޅޮހުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު