ENGLISH
14 ޖުލައި 2025
ސްކޭމްގެ 12 މައްސަލައެއްގައި 30 ހާސް ރުފިޔާ ފޭރިގަތް މީހަކު ހައްޔަރު
13 ޖުލައި 2025
|
މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ)
ސްކޭމްގެ 12 މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރު ކޮށްފި އެވެ.
ހައްޔަރު ކޮށްފައިވަނީ މއ. ރަބީޢު / މާލެ، ސާއިފް އަޙްމަދު ދީދީ (30އ) އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން. ބުނި ގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000 ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. މި މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހުޅުމާލެ ފޭސް 2 އަކުންނެވެ.
މިމައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާ އަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެކެވެ.
އަދި މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަތައް އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުޤީޤު ކުރަމުންނެވެ.