ENGLISH
13 ޖުލައި 2025
މާޅޮހުގައި އަނިޔާވެރި މަރެއް: ރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަނީ
13 ޖުލައި 2025
|
މާޅޮހަށް އަރާފައިބާ މީހުން މޮނިޓަރ ކުރަނީ - ފޮޓޯ: ޕޮލިސް
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް އުމުރުން ދުވަސްވީ ފިރިހެނަކު މަރާލި މައްސަލައާ ގުޅިގެން އެ ރަށަށް އަރާފައިބާ މީހުން މޮނިޓަރ ކުރަން ފަށާފައިވާ ފުލުހުން ބުނެފިއެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ ރޭ މެންދަމު 1:50 ހާއިރު ބޮޑެތި ޒަހަމްތަކާއެކު އޮތް 65 އަހަރުގެ މީހަކު މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަަނިކޮށް މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މާޅޮހު، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށާ ރަށަށް އަރާފައިބާ މީހުން ވެސް މޮނިޓަރ ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް ފަރާތްތަކުން އެމްއެމްޓީވީއާ މައުލޫމާތު ހިއްސާކުރި ގޮތުގައި އަބއްދުއްރަހުމާނަށް ހަމަލާދިނީ އޭނާ ނިދީފައި އޮއްވައެވެ. އެނގިފައިވާ ގޮތުގައި ހަމަލާދިނީ އޭނާގެ ބޮލަށެވެ. ސިކުނޑީގެ ބައެއް ބޭރަށް ފެންނަ މިންވަރަށް ބޯ ފަޅައިގެން ގޮސްފައި ހުރިކަމަށް މާޅޮހުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހުމާނު ދިރިއުޅެނީ އޭނާގެ އަންހެނުންނާއެކުއެވެ. ރޭ ދެމީހުން ނިދީ ދެކޮޓަރީގައެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ އަނބިމީހާއާއި އެހެން ބައެއް މީހުން އެކުވެގެންނެވެ.
ފިރިހެން މީހާ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށިތާ ގަޑިއިރެހްހާއިރު ފަހުން 2:30 ހާއިރު އޭނާަ ނިޔާވީއެވެ.