ENGLISH

13 ޖުލައި 2025

Advertisement

ވީއައިއޭގެ އާ ކާގޯ ޓާމިނަލްގައި ކާގޯ އޮފީސް ހިންގާނެ ކުންފުންޏެއް ހޯދަނީ

13 ޖުލައި 2025

|

ޝާމަ ޝުޢައިބު

ވީއައިއޭ ގައި އަލަށް އިމާރާތްކުރި ކާގޯ އޮފީސް ހަދައި ހިންގާނެ ކުންފުންޏެއް ހޯދަން އެ ކުންފުނިން އިއުލާނު ކޮށްފި - ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް އިމާރާތްކުރި ކާގޯ އޮފީސް ހަދައި ހިންގާނެ ކުންފުންޏެއް ހޯދަން އެ ކުންފުނިން އިއުލާނު ކޮށްފިއެވެ. 

އެމްއޭސީއެލް އިން ކުރި އިއުލާނެއްގައި ބުނީ ވީއައިއޭ ގައި އަލަށް އިމާރާތްކޮށްފައިވާ ކާގޯ ޓާމިނަލް އިމާރާތުގައި، "ކާރގޯ އޮފީސް" ހަދައި ހިންގަން ބޭނުންވާ ފަރާތްތައް ހޯދައި އެފަރާތްތަކާއި އެ މަސައްކަތް ހަވާލުކުރަން ބޭނުންވާ ކަމަށެވެ. 

މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުނިން ކަނޑައަޅާފައިވާ ހަތަރު ކެޓަގަރީގެ ތެރެއިން މަދުވެގެން އެއް ކެޓަގަރީއިން ހުއްދަ އޮންނަ ފަރާތަކަށް ވާންވާނެެ ކަމަށް ވެސް އެމްއޭސީއެލް އިން ކުރި އިއުލާނުގައި ވެއެވެ. 

އެ ކެޓަގަރީތަކަކީ:

1. ކާރގޯ އެއަރލައިނެއްގެ ގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

2. ކާރގޯ ސޭލްސް  އެޖެންޓެއްގެގޮތުގައި އެމް.ސީ.އޭ.އޭގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

3. މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި ކާރގޯ ބްރޯކަރެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

4. މޯލްޑިވްސް ކަސްޓަމްސް ސާރވިސްގައި  ކުރިއަރ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެ ހުއްދަ އޮންނަ ފަރާތްތައް

އިއުލާނުގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޖުލައި 20 ވާ އާދިއްތަދުވަހުގެ ހެނދުނު 11:30 ގެ ކުރިން އެ ކުންފުނީގެ "ޓެންޑަރ ޕޯޓަލް" މެދުވެރިކޮށް މިބީލަމަށް ޝައުގުވެރިކަން ފާޅުކުރަން އެދޭކަމަށެވެ.

މި ޕޯޓަލްގެ ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖުލައި 30 ވާ ބުދަދުވަހުގެ ހެނދުނު 11:30 ގައެވެ. ޕޯޓަލްގެ ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 ގައި، އެ ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު