ENGLISH

12 ޖުލައި 2025

Advertisement

އުނގެނުމަށްޓަކައި ކުރާ ހޭދައާއި ދޭ ވަގުތަކީ އެންމެ ރަނގަޅު އިންވެސްޓްމަންޓް: އާދަމް ޝަރީފް

12 ޖުލައި 2025

|

ޢަލީ ޝަހީމް

މެޕްސް ކޮލެޖުގެ ދަސްވެނިވުމުގައި ވަޒީރު އާދަމް ޝަރީފް ވާހަކަދައްކަވަނީ. ފޮޓޯ: ސިޓީސް މިނިސްޓްރީ

އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

"އުނގެނުމަށް ކުރެވޭ ހޭދައާއި އެކަމަށް ދެވޭ ވަގުތަކީ އެންމެ ފައިދާހުރި އިންވެސްޓްމެންޓް" އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ދަސްވެނީން ހޯދި ކާމިޔާބީއަކީ ވަރަށް ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކެއް އަދި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. ވަޒީރު ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ޙަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރާއްޖެ ތަރައްޤީކުރުމަށްޓަކައި މިއަދު އެންމެ ބޮޑަށް ބޭނުންވާ އެއްބަޔަކީ ތަޢުލީމީ ޒުވާނުން ކަމަށް ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. އަދި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ތަޢުލީމީ ޒުވާނުން ގުޅިވަޑައިގަތުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ތަޢުލީމީ ޒުވާނުން ކައުންސިލްތަކަށް ކުރިމަތިލެއްވުމަކީ ކައުންސިލްތަކުން ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު